އީރާން  ކައިރީގައި  ބާރުދެއްކުމަށް ވަށާލި  އެމެރިކާގެ  ހުރިހާ  މަނަވަރުތައް  ގެއްލިއްޖެ.
ދުނިޔެ

އީރާން ކައިރީގައި ބާރުދެއްކުމަށް ވަށާލި އެމެރިކާގެ ހުރިހާ މަނަވަރުތައް ގެއްލިއްޖެ.

ރރާޅު މީޑިއާ
March 28, 2026

އީރާނުގެ އައްސޭރިފަށުގައި އޮތުމަށްފަހު އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު "ޖެރަލްޑް ފޯޑް" ކްރޮއޭޝިއާއި ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށް ހަބަރުތައް ބުނޭ.

މީގެ ކުރިން ވަނީ އެމެރިކާ އެމީހުންގެ ޝަރަފު ކަމަށް ދެކެމުން އަންނަ މަނަވަރުވެސް ހިނގި އަލިގާނުގަ ހާދިސާއަކާއި ގުޅިގެން ކަމަށްބުނެ އެސަރަހައްދުން ބޭރުކޮށްފަ. ނަމަވެސް އެމެރިކާއިން އަލިފާނުގެ ހާދިސާއެއް ހިނގިކަމަށްބުނާއިރު އޭގެ އެއް ދުވަސް ކުރިން އީރާނުންވަނީ ކާމިޔާބު ހަމަލައެއް އެ މަނަވަރަށް ދީފައި ވާނެކަމުގަ ހާމަކޮށްފައެވެ. މިއީ މުޅި ދުނިޔެއަށް އީރާނުގެ ބާރުވެރިކަމާއި އަދި އެމެރިކާ ފަލީހަތްވި ހާދިސާއެއް ކަމަށް މަސްރަހު ދިރާސާ ކުރައްވާ ބޭބޭފުޅުންގެ ބަޔާންތަކުންވެސް ހާމަވެފައި ވެއެވެ.

ހޫތީން އަދި އިރާގުން ހަނގުރާމަ އަށް ވަނުމުން އެމެރިކާ އިން ބިރު ގަނެ ގިނަ އަސްކަރީ މަނަވަރުތައް ވަނީ މާ ދުރު ހިސާބުތަކަށް ގެންގޮސްފައެވެ. އެއްވެސް މަނަވަރެއް މިވަގުތު ގަލްފާއި އަރަބި ކަނޑުގެ ސަރަހައްދުގައި ނުވާ ކަމުގައި ބުނެއެެވެ.

އަދި އިރާގުގައި ތިބި އެމެރިކާ އަދި ނޭޓޯގެ ހުރިހާ ސިފައިންވަނީ އިރާގުން ބޭރުވެފައެވެ. މިކަމުން ދޭހަކޮށްދެނީ އެމެރިކާގެ ބާރު މެދުއިރުމަތިންނާއި މުޅި ދުނިޔެއިންވެސް ކުޑަވަމުންދާ ކަންކަމުގައި ރިޕޯޓްތައް ބުނެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު