
ގައުމުތައް ފޭރޭ އަދި އިސްވެ އީރާނަށް ހަމަލަދީ އެތައް ސްކޫލް ތުއްތު ކުދިންނެއްގެ ފުރާނައެއް ޝަހީދުކޮށްލުމަށްފަހު ހަނގުރާމަ ހުއްޓާލަންވީކަމަށް ޓްރަމްޕްބުނެފި
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ގޯސްވިޔަ ނުދީ، ސުލްހައިގެ މަގު އިޚްތިޔާރު ކުރުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނަށް ގޮވާލައްވައިފިއެވެ. އިތުރު ފުރާނަތަކެއް ގެއްލިގެން ދިޔުން ހުއްޓުވުމަށާއި، ސަރަހައްދުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، މިވަގުތު އީރާނުން ސުލްހައަށް މަސައްކަތް ކުރުމުގެ މުހިންމުކަމަށް ޓްރަމްޕް ބުނެފައިވެއެވެ. މި ގޮވާލެއްވުން އައިސްފައިވަނީ އީރާނާއި، އިސްރާއީލް އަދި އެމެރިކާއާ ދެމެދު ކުރިމަތިލުންތައް ވަރުގަދަވެފައިވާ ނާޒުކު ދަނޑިވަޅެއްގައެވެ.
މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި ނެރުއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ކުރިއަށްދާނަމަ އާންމުންގެ ގިނަ ބައެއްގެ ފުރާނަ ގެއްލި، މުޅި ސަރަހައްދުގެ ހަމަޖެހުން ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އެމަނިކުފާނު ވަނީ މިފަދަ ހަމަނުޖެހުންތަކުގެ ތެރެއިން ދިމާވާ އިންސާނީ ކާރިސާތަކަށް އަލިއަޅުވައިލައްވާފައެވެ. ސުލްހައަށް ގޮވާލެއްވުމަކީ ހަމައެކަނި ސަރަހައްދުގެ ގައުމުތަކުގެ މަސްލަހަތު ރައްކާތެރިކުރުމަށް ނޫންކަމަށާއި، ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މުޅި ދުނިޔޭގެ އެއްބާރުލުން ބޭނުންވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ހަނގުރާމަ ބޮޑުވެ، މުޅި ސަރަހައްދަށް އޭގެ ނޭދެވޭ އަސަރު ފޯރާ މިންވަރަށް ކަންކަން ގޯސްވިޔަ ނުދިނުމަށް ޓަކައި، ވީހާވެސް އަވަހަކަށް ހަނގުރާމަ ހުއްޓާލުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ. މިކަމަށްޓަކައި ދެކޮޅުވެރިކަން ދޫކޮށްލާ، ޑިޕްލޮމެސީގެ މަގުން މަސައްކަތް ކުރުމަކީ މުހިންމުކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމެރިކާއިން ގައުމުތަކަށް އަރައި އިސްތިއުމާރުކޮށް ވެރިން ޖަހައިގަނެ ވެރިން މެރުމަކީ އާންމު ކަމެއް. އީރާނަށްވެސް އިސްވެ ހަމަލަދިނީ މޮޅުތަކެއް ވާނެކަމަށް ހީކުރެވިގެން. ނަމަވެސް ބަދަލުގަ އީރާނުން ދެމުންދާ ވަރުގަދަ ހަމަތަކުން ދެން ސަލާމަތް ނުވާނެކަން ޔަގީންވުމުން މަސްލަހަތޭ ކިޔައިގެން ވާހަކަ ދައްކަނީއެވެ. މިހާރު ބުނަނީ ހައްލުކުރަން މަސައްކަތް ކުރަނީ ކަމުގައެވެ. ނަމަވެސް ހަގީގީ މަސްލަހަތު ނަގާލައި ފިތުނަ އުފައްދާ ބަޔަކީ ޔަހޫދީންނާއި ޔަހޫދީން ކޮންޓްރޯލްކުރާ އެމެރިކާއެވެ. މިއަށް އީރާނުގެ ރައްދަކީ ހަނގުރާމަ ފެއްޓީ އެމެރިކާއިން ކަމާއި އަދި ނިންމާނެ ވަގުތަކާއި ގޮތް އެމެރިކާއަށް ނޭންގޭނެ ކަމުގައެވެ. އީރާނަށް ޝުކުރު ހައްގެވެ.



