
ދުނިޔެ
ތެހެރާނުގެ އެކި ސަރަހައްދުތަކުގައި ބޮޑެތި ގޮވުންތަކެއް ގޮވައި އަލިފާން ރޯވެފައިވާ ބިރުވެރި މަންޒަރު
ރރާޅު މީޑިއާ
March 2, 2026
މިއީ އީރާނުގެ ވެރިރަށް ތެހެރާން. މި ފޮޓޯއިން ފެންނަނީ، އެމެރިކާއާއި އިސްރާއީލު ގުޅިގެން ދޭންފެށި ވަރުގަދަ ވައިގެ ހަމަލާތަކުގެ ސަބަބުން، ތެހެރާނުގެ އެކި ސަރަހައްދުތަކުގައި ބޮޑެތި ގޮވުންތަކެއް ގޮވައި އަލިފާން ރޯވެފައިވާ ބިރުވެރި މަންޒަރު.
މި ހަމަލާތަކަކީ ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް އިތުރަށް ވަރުގަދަވި ފަހުން، ތެހެރާނަށް ދެވުނު އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑު ހަމަލާތައް ކަމަށް ރިޕޯޓުތަކުން ބުނޭ.
ނިއުޔޯކް ޓައިމްސް، އަލްޖަޒީރާ އަދި ސީ.އެން.ބީ.ސީ ފަދަ ބައިނަލްއަގްވާމީ ހަބަރު ފަތުރާ ވަސީލަތްތަކުން ކަށަވަރުކޮށްދޭ ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނު ސަރުކާރުގެ މުހިންމު އިދާރާތަކަށާއި އަސްކަރީ މަރުކަޒުތަކަށް.



