އިޒްރޭލަށް ބިރުވެރި ރެއެއް: އީރާނު ނަރަކައަށް ހަދާލާނެ ކަމަށް ބުނެ ބިރު ދައްކަން އުޅުނު މީހުންނަށް ކޯވަރެއް ދީފި
ދުނިޔެ

އިޒްރޭލަށް ބިރުވެރި ރެއެއް: އީރާނު ނަރަކައަށް ހަދާލާނެ ކަމަށް ބުނެ ބިރު ދައްކަން އުޅުނު މީހުންނަށް ކޯވަރެއް ދީފި

ރރާޅު މީޑިއާ
April 7, 2026

އިޒްރޭލުގެ އަސްކަރިއްޔާގެ އިސްވެރިންނާއި ޢާންމު ރައްޔިތުންވެސް ވަނީ ރޭގެ ހަމަލާތައް ސިފަކޮށްފައިވަނީ "ބިރުވެރި ރެއެއް" ގެ ގޮތުގައެވެ. ރޭގެ ވަގުތުތަކުގައި ސަލާމަތީ ސައިރަންތައް މެދުނުކެނޑި ގުގުމާލައިފައިވާއިރު، ގިނަ ބަޔަކު ވަނީ ބިރުން ބިމުއަޑީގެ ބަންކަރުތަކުގައާއި ސަލާމަތީ ތަންތަނުގައި ހިޔާވަހިކަން ހޯދާފައެވެ. "އަހަރެމެންނަށް މިފަދަ ބިރުވެރި ރެއެއް ކުރިން ދިމާވެފައި ނުވާނެ. އެއްކޮޅުން ގޮވުންތައް، އަނެއްކޮޅުން އަލިފާނުގެ ހާދިސާތައް، މިއީ ހަމަ ބިރުވެރި ހާލަތެއް،" އިޒްރޭލުގެ މީޑިއާއަށް ވާހަކަ ދައްކަމުން ޢާންމު ރައްޔިތަކު ބުނެފައިވެއެވެ.

އީރާނުން ހާމަކޮށްފައިވަނީ މިއީ އިއްޔެގެ ވަގުތެއްގައި އެމެެިކާއާއި އިޒްރޭލުން އީރާނުގެ މަދަނީ އަދި އުމްރާނީ ވަސީލަތްތަކަށް ހަމަލަ ދީފައިވާތީ އޭގެ ބަދަލުހިފުމުގެ ކުޑަ މިންވަރެއް ކަމުގައެވެ.

މި ހަމަލާތައް ދީފައިވަނީ، މެދުއިރުމަތީގެ ސަރަޙައްދުގައި ކުރިންވެސް ހޫނުވެފައިވާ ސިޔާސީ އަދި އަސްކަރީ މަސްރަޙެއްގައެވެ. އީރާނާއި ހިޒްބުﷲ އަދި އިޒްރޭލާ ދެމެދު ވަނީ ދުވަސްވީ ޢަދާވާތްތެރިކަމެއް އޮތްކަމަށް ބެލެވެއެވެ. މި ހާދިސާގެ ފަހަތުގައި ހުރި ސަބަބުތަކާއި، މިކަމުގެ ސީރިއަސްކަން ދެނެގަތުމަށްޓަކައި ބައިނަލްއަޤްވާމީ ފަރާތްތަކުން ވަނީ މިކަމަށް ސަމާލުކަން ދޭން ފަށާފައެވެ.

ރޭގެ ހަމަލާތަކުގެ ސަބަބުން އިޒްރޭލަށް ލިބުނު ގެއްލުންތަކާއި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ ޢަދަދުތަކުގެ ތަފްސީލުތައް އެއްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ހާދިސާއަކީ މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމެއްގެ ސިގްނަލެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު