ކެބިނެޓަށް "ބޮޑު ލޮޅުމެއް": މިނިސްޓްރީތަކުގެ އަދަދު 15 އަށް ތިރިކޮށް އައު ވަޒީރުންތަކެއް
ސިޔާސީ

ކެބިނެޓަށް "ބޮޑު ލޮޅުމެއް": މިނިސްޓްރީތަކުގެ އަދަދު 15 އަށް ތިރިކޮށް އައު ވަޒީރުންތަކެއް

ޝޝާން
April 14, 2026

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުނުތަނާހެން، މުޅި ސަރުކާރުގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެންނަވައި ކެބިނެޓް ވަރަށް ބޮޑަށް ކުޑަކުރައްވައިފިއެވެ. މިއަދު ފެނިގެންދިޔައީ ކުއްލި ގޮތަކަށް 10 ވަޒީރުން މަގާމުން އިސްތިއުފާ ދެއްވައި، ބައެއް ވުޒާރާތައް އެއްކޮށްލި ތަނެވެ.

ކެބިނެޓަށް އައި މައިގަނޑު ބަދަލުތައް:

  • މިނިސްޓްރީތަކުގެ އަދަދު: 22 އިން 15 އަށް މަދުކުރެވުނެވެ.

  • މަގާމުން ވަކިވި ވަޒީރުން: ޣައްސާން މައުމޫން، ޑރ. ޚަލީލް، ނާޡިމް، ތޯރިގް، ޑރ. ޢާއިޝަތު ޝިހާމް، އާދަމް ނަޞީރު، މާރިޔާ، އިބްރާހީމް ވަޙީދު، އާދަމް ޝަރީފް އަދި ޑރ. ޙައިދަރު ވަނީ އިސްތިއުފާ ދެއްވާފައެވެ.

  • އަލަށް އުފެއްދި/ބަދަލުވި ވުޒާރާތައް: ގިނަ މިނިސްޓްރީތަކެއް ވަނީ އެއްކޮށްލައި، ޒިންމާތައް އަލުން ތަރުތީބުކޮށްފައެވެ.

އަލަށް އައްޔަންކުރެއްވި ވަޒީރުންގެ ލިސްޓު:

މިއަދު އިރުއޮއްސުނު ފަހުން ރައީސް ވަނީ އައު އޮނިގަނޑުގެ ދަށުން ވަޒީރުން އައްޔަންކުރައްވައި، ހުވާލައިދެއްވާފައެވެ.

ހުވާކުރެއްވި ވަޒީރުންނަކީ:

  • ފިނޭންސް އެންޑް ޕަލްބިކް އެންޓަޕްރައިޒަސް މިނިސްޓަރަކަށް މޫސާ ޒަމީރު

  • ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހުސާން

  • ފޮރިން މިނިސްޓަރަކަށް ޑރ. އިރުތިޝާމް އާދަމް

  • ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް މިނިސްޓަރަކަށް އިސްމާއީލް ޝަފީއު

  • ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ

  • އިކޮނޮމިކް ޑިވެލޮޕްމެންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު

  • އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓްސް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

  • ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން

  • ޔޫތު އެމްޕަވަމެންޓް ސްޕޯޓްސް އެންޑް ފިޓްންސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު

  • އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރަކަށް ހީނާ ވަލީދު

  • އިންފްރާސްޓްރަކްޗާ، ހައުސިން، އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބު

  • ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް

ފާހަގަކޮށްލެވޭ ބައެއް ކަންކަން:

މި ބޮޑު ބަދަލާއެކުވެސް، ޑިފެންސް މިނިސްޓްރީ އާއި ލޯކަލް ގަވަނަންސް މިނިސްޓްރީ އަށް މިހާތަނަށް އެއްވެސް ބޭފުޅަކު އައްޔަންކުރައްވާފައެއް ނުވެއެވެ. މީގެ އިތުރުން ކެބިނެޓުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަޙްމަދު އުޝާމާއި އިތުރު ދެ ވަޒީރުންނެވެ.

މި ނިންމެވުމަކީ ސަރުކާރު ހިންގުން ހަރުދަނާކޮށް، ޚަރަދު ކުޑަކުރުމަށް ރައީސް އެޅުއްވި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު