އަރަބި ކަނޑުގައި އެމެރިކާގެ އަސްކަރީ މަނަވަރަކަށް ދިން ހަމަލާއެއްގައި 29 ސިފައިން މަރުވެއްޖެ
ދުނިޔެ

އަރަބި ކަނޑުގައި އެމެރިކާގެ އަސްކަރީ މަނަވަރަކަށް ދިން ހަމަލާއެއްގައި 29 ސިފައިން މަރުވެއްޖެ

ރރާޅު މީޑިއާ
March 7, 2026

އަރަބި ކަނޑުގައި ދަތުރުކުރަމުންދިޔަ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރަކަށް އަމާޒުކޮށް ދިން ވަރުގަދަ ޑްރޯން ހަމަލާއެއްގައި، އެމެރިކާގެ އަސްކަރިއްޔާގެ މަދުވެގެން 29 ސިފައިން މަރުވެއްޖެއެވެ.

މި ހަމަލާއާ ގުޅޭގޮތުން ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އެމެރިކާ ސަރުކާރާއި ހުޅަނގުގެ މެއިންސްޓްރީމް މީޑިއާތަކުން ދަނީ މި ހަމަލާގައި އެމެރިކާއަށް ލިބުނު ބޮޑު ގެއްލުން ދުނިޔެއަށް ސިއްރުކޮށް އޮޅުވާލަމުންނެވެ. އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާނާ ދެކޮޅަށް ހިންގަމުންދާ އުދުވާނުތަކުގެ ސަބަބުން، އެ ގައުމުތަކުގެ އަސްކަރިއްޔާއަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. ނަމަވެސް، މިފަދަ ހަގީގަތްތައް ހާމަކުރުމުގެ ބަދަލުގައި، އެމެރިކާއިން މަސައްކަތް ކުރަނީ އެމީހުންގެ ނުފޫޒު ދެމެހެއްޓުމަށްޓަކައި މައުލޫމާތުތައް ފޮރުވުމަށެވެ.

މި ހަމަލާއަކީ އިރާނާއި އެ ސަރަހައްދުގެ މުސްލިމް ގައުމުތަކާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އުދުވާނުތަކަށް ރައްދު ދިނުމުގެ ގޮތުން ދެވުނު ހަމަލާއެއް ކަމަށް މަސްދަރުތަކުން ބުނެއެވެ. އިޒްރޭލުގެ އިސްތިއުމާރީ ސިޔާސަތުތަކަށް ވާގިވެރިވާ އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް އަމާޒުކޮށް ދެވޭ މިފަދަ ހަމަލާތަކަކީ، އިސްލާމީ އުންމަތާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ނަތީޖާއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު