ވީއައިއޭއިން ޑޮލަރު ފޭރުން: ފައިސާގެ ޖުމްލަ އަދަދު 1.9 މިލިއަންް ރުފިޔާއަށްވުރެ ގިނަ
ދުނިޔެ

ވީއައިއޭއިން ޑޮލަރު ފޭރުން: ފައިސާގެ ޖުމްލަ އަދަދު 1.9 މިލިއަންް ރުފިޔާއަށްވުރެ ގިނަ

ރރާޅު މީޑިއާ
March 11, 2026

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަހަރު ފޭރިގަތް ފައިސާގެ ޖުމްލަ އަދަދު 1.9 މިލިއަން ރުފިޔާއަށްވުރެ ގިނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

ޕީޖީ އޮފީހުން މިއަދު ވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ އަށް މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވިކަން ހާމަކޮށްފަ އެވެ. 

ޕީޖީ އޮފީހުން ބުނި ގޮތުގައި، މި ފޭރުމުގެ ހާދިސާ ހިނގާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އެކްސްޗޭންޖް ކައުންޓަރަށް ގެންދިއުމަށްޓަކައި ދެ މުވައްޒަފަކު ފައިސާ އަޅާފައިވާ ސޫޓްކޭހެއް ހިފައިގެން އެއާޕޯޓް ޓާމިނަލްގެ ގޭޓް އެކެއްގެ ކުރިމަތީގައި ތިއްބައެވެ. އެ މީހުންނަށް ވަޅިން ބިރުދެއްކުމަށްފަހު ފައިސާ ފޭރިގަނެގެން ގޮސްފައިވަނީ ލޯންޗެއްގައި ކ. ހުރާއަށެވެ. ފުލުހުން ވަނީ ފަހުން އެ ލޯންޗު ހޯދާފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު