އެމެރިކާއިން އިރާނަށް ހަމަލާތަކެއް ދިނުމުން، އިރާނުން ކުވޭތުގައި ހުރި އެމެރިކާގެ މަރުކަޒަކަށް ރައްދު ހަމަލާދީފި

އީރާނުން ހަމަލަދިން ކުވެއިތުގައި ހުންނަ އެމެރިކާހެ އަސްކަރީ މަރުކަޒުގެ ސެޓެލައިޓް ފޮޓޮއެއް

ދުނިޔެ

އެމެރިކާއިން އިރާނަށް ހަމަލާތަކެއް ދިނުމުން، އިރާނުން ކުވޭތުގައި ހުރި އެމެރިކާގެ މަރުކަޒަކަށް ރައްދު ހަމަލާދީފި

ނނާޒިމް
May 28, 2026

އެމެރިކާ އަސްކަރިއްޔާއިން އިރާނުގެ އަސްކަރީ މަރުކަޒަކަށް ދިން އާ ހަމަލާތަކާ ގުޅިގެން، އިރާނުން ވަނީ ކުވޭތުގައި ހުރި އެމެރިކާގެ ވައިގެ ސިފައިންގެ މަރުކަޒަކަށް ރައްދު ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާތަކުގެ ސަބަބުން މި ސަރަހައްދުގެ ހަމަނުޖެހުންތައް އިތުރުވެ، ދެ ގައުމުގެ މެދުގައި އޮތް ނާޒުކު ގުޅުން އިތުރަށް ގޯސްވެގެން ގޮސްފި އެވެ.

ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ، އެމެރިކާއިން ރޭގެ ވަގުތެއްގައި ހަމަލާދީފައިވަނީ އިރާނުގެ ބަންދަރު އައްބާސްގައި ހުންނަ ގްރައުންޑް ކޮންޓްރޯލް ސްޓޭޝަނަކަށް ކަމަށެވެ. މި ހަމަލާތަކުގައި ހޯރްމޫޒް ކަނޑުއޮޅި ސަރަހައްދަށް ނުރައްކާވާގޮތަށް ދަތުރުކުރަމުންދިޔަ އިރާނުގެ ހަތަރު ޑްރޯން ވައްޓާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަން ހާމަނުކުރުމަށް އެދި މައުލޫމާތު ދިން މި އޮފިޝަލް އިތުރަށް ވިދާޅުވީ، އެމެރިކާއިން ހަމަލާދިނީ ފަސްވަނަ ޑްރޯންއެއް އުދުއްސާލުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ. އެމެރިކާއިން މި ހަމަލާތައް ދީފައިވަނީ އިރާނުގެ ހަރަކާތްތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށް ބުނެ އެވެ.

އިރާނުގެ ރައްދު ހަމަލާ

އެމެރިކާއިން ދިން ހަމަލާތަކުގެ ރައްދުގައި އިރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަނީ ކުވޭތުގައި ހުރި އެމެރިކާގެ ވައިގެ ސިފައިންގެ މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް ބުނެފަ އެވެ. އިރާނުން ވަނީ އެމެރިކާގެ މިފަދަ އުދުވާނީ އަމަލުތަކަށް ރައްދު ނުދީ ދޫކޮށްނުލާނެ ކަމުގެ އިންޒާރު ވޮޝިންޓަނަށް ދީފަ އެވެ. އިރާނުން ބުނެފައިވަނީ އެމެރިކާގެ ހަމަލާތަކަކީ ސަރަހައްދީ ހަމަޖެހުމަށް ބުރޫ އަރާނެ އަމަލުތަކެއް ކަމަށެވެ.

އިރާނުގެ މި ހަމަލާތަކާ ދާދި ގާތް ވަގުތެއްގައި ކުވޭތުގެ އަސްކަރިއްޔާއިން ވަނީ އެ ގައުމަށް އަމާޒުވި ޑްރޯންތަކާއި މިސައިލްތަކެއް ހުއްޓުވާފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ. މިކަންކަމުން އިރާނުން ދިން ކަމަށް ބުނާ ހަމަލާތަކުގެ ތެދުކަން އިތުރަށް ކަށަވަރުކޮށްދެ އެވެ. ކުވޭތުން ވަނީ މި ހަމަލާތައް ކުށްވެރިކޮށް، ސަރަހައްދުގެ ސަލާމަތީ ހާލަތު ބަދަލުވަމުންދާކަން ފާހަގަކޮށްފަ އެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު