އެމެރިކާ ހަތިޔާރުގެ ޑިމާންޑް ދަށްވެ ކުންފުނިތައް ބަނގުރޫޓުވުމުގެ ނުރައްކަލުގައި
ޓެކްނޮލޮޖީ

އެމެރިކާ ހަތިޔާރުގެ ޑިމާންޑް ދަށްވެ ކުންފުނިތައް ބަނގުރޫޓުވުމުގެ ނުރައްކަލުގައި

ނނާޒިމް
May 21, 2026

އެމެރިކާގެ ހަތިޔާރުގެ ސިނާއަތަށް ކުރިމަތިވި ނާކާމިޔާބީގެ ތަފްސީލު

ދުނިޔޭގެ ހަތިޔާރުގެ ބާޒާރުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ އެމެރިކާގެ ހަތިޔާރުގެ ސިނާއަތަށް މިހާރު ކުރިމަތިވަމުން މިދަނީ ތާރީޚީ ގޮތުން ފެންނަ ބޮޑު ނާކާމިޔާބީއެކެވެ. ދުވަހަކުވެސް ނުދާވަރަށް ހަތިޔާރަށް އޮންނަ ޑިމާންޑް ދަށްވެ، އެމެރިކާގެ ހަތިޔާރުގެ އަގުތައް ވަރަށް ބޮޑަށް ވެއްޓި، މި ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތައް ބަނގުރޫޓުވުމާ ހަމައަށް ގޮސްފިއެވެ. މިކަމުގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށާއި ދުނިޔޭގެ ސިޔާސީ މައިދާނުގައި އެ ޤައުމުގެ ނުފޫޒަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.

މި ހާލަތަށް އެމެރިކާގެ ހަތިޔާރުގެ ސިނާއަތް ވެއްޓިފައިވަނީ ބައިނަލްއަޤްވާމީ ގޮތުން ހިނގި ބައެއް ކަންކަމުގެ ސަބަބުންނެވެ. އެއީ މައިގަނޑު ގޮތެއްގައި، އިޒްރޭލާއި އިރާނާ ދެމެދު ހިނގި ހަނގުރާމައާއި، އެ ހަނގުރާމައިގައި އެމެރިކާގެ ހަތިޔާރުގެ ބޭނުންކުރެވި ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިވުމެވެ. އެމެރިކާގެ ހުރިހާ ހަތިޔާރާއި ސާމާނެއް އިޒްރޭލަށް ފޯރުކޮށްދިނުމުގެ ނަތީޖާއެއްގެ ގޮތުން، އެމެރިކާގެ އަމިއްލަ ސްޓޮކްތައް ވަރަށް ބޮޑަށް ދަށްވެ، ދުނިޔޭގެ އެހެން ގައުމުތަކަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ގާބިލިއްޔަތަށް ވަނީ ބުރޫއަރާފައެވެ.

އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުމަށްފަހު، އެމެރިކާވެސް ބައިވެރިވެ އީރާނާ ދެކޮޅަށް ކުރި 40 ދުވަހުގެ ހަނގުރާމަ އަކީ މި ބޮޑު ކާރިސާގެ ފެށުމެވެ. މި ހަނގުރާމައިގައި އިޒްރޭލާއި އެމެރިކާގެ ދިފާއީ ނިޒާމުތަކާއި، އެމެރިކާގެ އެންމެ ފަހުގެ ހަތިޔާރުތައް ބޭނުންކުރިއެވެ. ނަމަވެސް، ހަނގުރާމަ ނިމިގެންދިޔައީ އިޒްރޭލާއި އެމެރިކާއަށް ބޮޑުތަނުން ބަލިވުމުގެ ނަތީޖާއާއެކުއެވެ. މި ބައްޔާއި އެކު ދުނިޔޭގެ ބާޒާރުގައި އެމެރިކާގެ ހަތިޔާރަށް އޮތް އިތުބާރަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ.

ހަނގުރާމައިގެ ނަތީޖާގެ ސަބަބުން، އެމެރިކާގެ ހަތިޔާރުގެ ފެންވަރާއި ހަކަތައާމެދު ސުވާލު އުފެދި، އެހެން ގައުމުތަކުން އެމެރިކާގެ ހަތިޔާރަށް ކުރަމުންދިޔަ ޑިމާންޑް ވަގުތުން ދަށްވެގެންދިޔައެވެ. ދުނިޔޭގެ ބާޒާރުގައި އެމެރިކާގެ ހަތިޔާރަށް އޮތް އަގުތައް ވެއްޓި، ޑިފެންސް ކުންފުނިތަކުގެ ސްޓޮކްތައް ދަށްވެ، މާލީ ގޮތުން އެކުންފުނިތައް ވަރަށް ދަތި ހާލަތަކަށް ވެއްޓިއްޖެއެވެ. ބައެއް ކުންފުނިތަކަށް މިހާރު ވަނީ ބަނގުރޫޓުވުމުގެ ނުރައްކާ ކުރިމަތިވެފައެވެ.

މި ކާރިސާގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށް ކުރާ އަސަރުތައް ފުޅާވެ، އެތައް ހާސް ބަޔަކަށް ވަޒީފާ ގެއްލި، އިޤްތިޞާދީ ހީނަރުކަމެއްގެ ތެރެއަށް އެޤައުމު ވެއްޓިދާނެ ކަމުގެ ބިރު އުފެދިފައިވެއެވެ. އަދި ދުނިޔޭގެ ސިޔާސީ މައިދާނުގައި އެމެރިކާގެ ނުފޫޒަށްވެސް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. އެހެން ގައުމުތަކުން އެމެރިކާގެ ބަދަލުގައި އެހެން ގައުމުތަކުން ހަތިޔާރު ގަންނަން ފަށައިފިނަމަ، އެމެރިކާގެ ހަތިޔާރުގެ ސިނާއަތަށް އަނބުރާ ހަމަޔަކަށް އެޅުމަށް ވަރަށް ދަތިވާނެއެވެ.

އިޒްރޭލާއި އެމެރިކާއަށް އިރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ލިބުނު ބައްޔާއެކު، އެމެރިކާގެ ހަތިޔާރުގެ ދާއިރާއަށް ލިބުނު މި ގެއްލުމަކީ އެ ޤައުމުގެ ތާރީޚުގައި ފެނިފައިނުވާވަރުގެ ބޮޑު ކަމެކެވެ. މިހާލަތުން އަރައިގަތުމަށް އެމެރިކާއަށް ކުރިމަތިވާ ގޮންޖެހުންތައް ބޮޑުވާނެ ކަމަށް ބެލެވެއެ

ޚިޔާލުފާޅުކުރުން

ކޮމެންޓު