
ރަސްގެފާނު ހަސަނަލް ބުލްކިއާ: 7000 ކާރުގެ ވެރިޔާ
މިއީ އެހާ ބޮޑަށް ހައިރާންވާންވީ ވަރުގެ ކަމެއް ނޫނެވެ. ބުރޫނާއީގެ ރަސްގެފާނު ހަސަނަލް ބުލްކިއާ އަކީ ކާރކޮޅުު ގެންގުޅުއްވުމަށް ވަރަށް ބޮޑު ޝައުގުވެރިކަން ދެއްވާ ރަސްކަލެކެވެ. އެ ރަސްގެފާނުގެ މިލްކިއްޔާތުގައި 7000 ކާރުކޮޅު އެބަ އޮތެވެ.

ހަސަނުލް ބުލްކިއާ އަކީ ބްރޫނާއީގެ ސުލްތާނެވެ. އަދި ޔޭންގް ދި ޕަރޓުއާން ލަގަބުގެ ވެރިޔާގެ އިތުރުން ބުލްކިޔާއަކީ ބްރޫނާއީގެ ޕްރައިމް މިނސްޓަރު ވެސްމެއެވެ.

އޭޝިއާގެ އުތުރުގައި އޮންނަ އައިލެންޑް އޮފް ބޯނިއޯ އަށް ނިސްބަތްވާ ބްރޫނާއީގެ ސުލްތާން ގެންގުޅުއްވާ 7000 ކާރުކޮޅުގެ ތެރޭގައި ދުނިޔޭގެ އެންމެ އަގުބޮޑު ބްރޭންޑްތަކުގެ ކާރު ކަމަށްވާ 604 ރޯލްސް ރޯއިސް، 574 މަރސީޑީޒް ބެންޒް، 452 ފެރާރީ، 209 ބީ.އެމް.ޑަބްލިއު، 179 ޖަގުއާރ، 134 ކޫނިސްސެގް، 21 ލަމްބޮގިނީ، 11 އެސްޓަން މާޓިން އަދި 1 އެސް.އެސް.ސީ ބްރޭންޑްގެ ކާރު ހިމެނެއެވެ. މި ކާރުކޮޅުތައް ހުންނަނީ ބޮޑު ސިންގާ ގުދަނެއް ވަރުގެ ގަރާޖު ތަކަކަށް ލައިފައެވެ.

ހަސަނުލް ބުލްކިއާގެ ހުރިހާ ކާރުކޮޅެއްވެސް ހުންނަނީ ވަޒަން ނާރާ ގޮތަށް، އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބަދަލުކޮށްފައެވެ. އަދި މިގޮތުން މާރސީޑީސް ބެންޒް އިން ވަނީ ސުލްތާނަށް ހާއްސަކޮށް ވަކި ކާރުކޮޅެއް ހަދައިދީފައެވެ. މުޅި ދުނިޔޭގައިވެސް ވަނީ މީގެ އެންމެ ކާރެކެވެ.

ސުލްތާންގެ މިލްކިއްޔާތުގައި ރަނުން ހަދާފައިވާ މަރސީޑީޒް ބެންޒް ކާރުކޮޅެއްގެ ކަލެކްޝަންއެއްވެސް ވެއެވެ. އަދި މީގެ އިތުރުން ހަސަނުލް ބުލްކިއާ އަކީ މުޅި ދުނިޔެއިންވެސް އެންމެ ގިނަ އަދަދަކަށް ފެރާރީ ކާރު ޖަމާކުރައްވާފައިވާ ބޭފުޅާއެވެ.

ކާރުކޮޅުތަކަށް ހުންނަ ލޯތްބެއްގެ ބޮޑުކަމުން ހަސަނުލް ބުލްކިއާގެ ގަނޑުވަރުގެ ދަޮރުކޮޅު ކުރިމަތީގައި އަބަދުވެސް ރޯލްސް ރޯއިސްއެއް އިންޖީނު އިސްޓާޓުކޮށްފައި ބާއްވަންޖެހެއެވެ. އެއީ ކުއްލި ގޮތަކަށް ސުލްތާން ތަނަކަށް ވަޑައިގަންނަވަން ޖެހިއްޖެ ހިނދެއްގައި ބޭނުންފުޅު ކުރެއްވުމަށްޓަކައެވެ.

ހަސަނުލް ބުލްކިއާ އަށް އަހަރަކު 20 ބިލިއަން ޑޮލަރު ލިބިވަޑައިގަންނަވާއިރު، ސުލްތާނުގެ ކާރުކޮޅުތަކުގެ ޖުމްލަ އަގު 5 ބިލިއަން ޑޮލަރަށް އަރައެވެ. އެއީ ރާއްޖޭގެ ދެ އަހަރުގެ ބަޖެޓަށް ވުރެ ވެސް ބޮޑު އަދަދެކެވެ. ރާއްޖޭގެ މިހާރުގެ ބަޖެޓްގެ ޖުމްލައަކީ 2.1 ބިލިއަން ޑޮލަރެވެ.
ދުވާލަކު ކާރެއް ދުއްވާ ނަމަ މި 7000 ކާރު ދުއްވޭނީ 19 އަހަރަށްވުރެ ގިނަ ދުވަހުންނެވެ. އެއް އަހަރުން ހުރިހާ ކާރެއް ދުއްވާ ނަމަ ދުވާލަކު 19 ކާރު ދުއްވަންޖެހޭނެ އެވެ. މި 7000 ކާރު ބޭއްވުމަށް ގަލޮޅު ދަނޑުގައި އޮންނަ ފުޓުބޯޅަ ދަނޑު ސައިޒުގެ 10 ދަނޑު ބޭނުންވާނެއެވެ.

ހަސަނުލް ބުލްކިޔާއަށް 5 ފިރިހެން ބޭފުޅުންނާއި 7 އަންހެން ބޭކަނބަލުން ލިބިވަޑައިގެންފައިވެއެވެ.



