އުންމަތުގެ އަމުރު މަޢުރޫފް ހިންގަން ތިބި އިސްލާމީ ގައުމުތަކުގެ ވެރިންނޭވެ !  ހޭވެރިކަން  ނުވޭހެއްޔެވެ.
ދުނިޔެ

އުންމަތުގެ އަމުރު މަޢުރޫފް ހިންގަން ތިބި އިސްލާމީ ގައުމުތަކުގެ ވެރިންނޭވެ ! ހޭވެރިކަން ނުވޭހެއްޔެވެ.

ނނާޒިމް
June 1, 2026

އޭ އިސްލާމީ އުންމަތެވެ .އުންމަތުގެ އަމުރު މަޢުރޫފް ހިންގަން ތިބި

އިސްލާމީ ޤައުމު ތަކުގެ ލޮބުވެތި ވެރިންނޭވެ .

އިންސާނިއްޔަތަށް ޓަކައި މުސްލިމް އުންމަތަށްޓަކައި ހިޓްލަރު ހުއްޓުވި ފަދައިން ނަތަންޔާހޫ އާއި އޭނަގެ އަޢުވާނުން ހުއްޓުވަން ތެދުވާކަށް ނުވޭހެއްޔެވެ .?

ކާފިރުންގެ ލަޝްކަރު ތައް އެއްބައިވެގަނެގެން މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ފަދައިން މުސްލިމް ވެރިން އެއް އުއްމަތެއްގެ ގޮތުގައި ތެދުވެ އެކަތިގަނޑަކަށް ވާން ނުވޭހެއްޔެވެ .?

ފަލަސްޠީނުގެ އެކި އަވަށްތައް ފޮހެލައި އާއިލާތައް ފުނޑު ފުނޑު ކޮށް ކުނި ބުނީގެ ދަށުގައި ވަޅުލައި ފަލަސްޠީނުގެ މުސްތަޤުބަލް ކަމަށްވާ ކުޑަކުދިން ނައްތާލައި އެބިން މިއަދު އެ ވަނީ ކަތިލާ ގެއަކަށް ބަދަލުކޮށްލާފައެވެ .

މުސްލިމުންގެ އެންމެ އުފާވެރި ޢީދު ދުވަހުވެސް ޣައްޒާގެ ޙާލަތު އިޙުސާސް ކުރެވޭ ހެއްޔެވެ .?

ޣައްޒާގެ މައިން ބަފައިން އެމީހުންގެ ލޯބިވާ ދަރިންނަށް އެންމެ ފަހުގެ އަލްވަދާޢުކިޔަމުން ދަނީ !

ޢީދު ހެދުމުގެ ބަދަލު ގައި އެކުދިން ދަނީ ހުދު ކަފުނުން އެންމެ ފަހުގެފޭރާމް އަޅުވަމުންނެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު