އިޒްރޭލަށް 'ސިއްސައިގެންދާހާ ބޮޑު' ތާއީދެއް އިންޑިއާގައި  އެބައޮތް:  ނަތަންޔާހޫ
ދުނިޔެ

އިޒްރޭލަށް 'ސިއްސައިގެންދާހާ ބޮޑު' ތާއީދެއް އިންޑިއާގައި އެބައޮތް: ނަތަންޔާހޫ

ނނާޒިމް
May 31, 2026

މުޅި ދުނިޔެއިން އިޒްރޭލާ ދެކޮޅު ހަދަމުން ދާއިރުވެސް، އިންޑިއާއިން އިޒްރޭލަށް “ސިއްސައިގެންދާހާ ބޮޑު” ތާއީދެއް ދެމުންދާ ކަމަށެވެ. މި ބަސްފުޅުތަކާއެކު ދުނިޔޭގެ ސަމާލުކަން އިންޑިއާގެ ޚާރިޖީ ސިޔާސަތަށް ވަނީ ހުއްޓިފައެވެ. ތާރީޚީ ގޮތުން ފަލަސްތީނަށް ވަރުގަދަ ތާއީދެއް ދެމުން އައި އިންޑިއާގެ ސިޔާސަތަށް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން މިހާރު ފާހަގަވެއެވެ. މިކަމުގެ ސަބަބުން އިންޑިއާގެ ޚާރިޖީ ގުޅުންތަކަށް އަންނާނެ ބަދަލުތަކާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ނަތަންޔާހޫގެ މި ބަސްތަކުން ހާމަވީ އިޒްރޭލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައާއި ގާޒާގައި އިޒްރޭލުން ހިންގަމުންދާ އަމަލުތަކާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމަޢުގައި އިޒްރޭލާމެދު ނަފުރަތު އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އިޒްރޭލަށް ފާޑުކިޔުމާއި ދެކޮޅު ހެދުން ގަދަވެފައިވަނިކޮށް، އިންޑިއާގެ ފަރާތުން ލިބޭ ތާއީދަކީ އިޒްރޭލަށް ސިޔާސީ ގޮތުން ވަރަށް މުހިންމު ތާއީދެކެވެ. މި ތާއީދު ނަތަންޔާހޫ ސިފަކުރެއްވީ، އިޒްރޭލުގެ މިހާރުގެ ހާލަތުގައި ކުށެެއްނެތް އެތައް މުސްލިމުންނެއްގެ ފުރާނަ ދުއްވާލުމަށް އެންމެ ބޮޑު ހިތްވަރެއް ލިބޭ ކަމެއްގެ ގޮތުގައެވެ.

އިންޑިއާގެ ތާރީޚީ ފަލަސްތީނު ސިޔާސަތު

އިންޑިއާގެ ޚާރިޖީ ސިޔާސަތަށް ބަލާއިރު، ތާރީޚީ ގޮތުން ފަލަސްތީނަކީ އިންޑިއާގެ ދުޝްމަނެއް ނޫނެވެ. އިނގިރޭސިންގެ އަޅުވެތިކަމުން މިނިވަންވުމަށްފަހު، އިންޑިއާއިން ވަނީ ބައިނަލްއަގްވާމީ މަސްރަހުގައި ނޮން-އެލައިންޑް މޫވްމަންޓް (NAM) ގެ މުހިންމު ދައުރެއް އަދާކޮށްފައެވެ. ގިނަ އަހަރުތަކެއް ވަންދެން އިންޑިއާގައި ކޮންގްރެސް ޕާޓީގެ ވެރިކަން ދެމި އޮތް އިރު، ފަލަސްތީނުގެ ހައްގުތަކަށް އިންޑިއާގެ ވަރުގަދަ ތާއީދު އޮތެވެ. ފަލަސްތީނުގެ މިނިވަންކަމަށް އިންޑިއާއިން ވަކާލާތު ކުރަމުންދިޔައީ، އިސްތިޢުމާރީ ބާރުތަކުން ގައުމުތައް މިނިވަންކުރުމުގެ އުސޫލުތަކާ އެއްގޮތަށް، އިންޑިއާގެ ޚާރިޖީ ސިޔާސަތުގެ މުހިންމު ބަޔެއްގެ ގޮތުގައެވެ. އެއްވެސް އިރަކު ފަލަސްތީނު އިންޑިއާގެ ދުޝްމަނަކަށް ހަދާފައެއް ނުވެއެވެ.

ބީޖޭޕީ ސަރުކާރުގެ ބަދަލު

ނަމަވެސް، 2014 ވަނަ އަހަރު ބީޖޭޕީ (ބަރަތިޔާ ޖަނަތާ ޕާޓީ) ގެ ސަރުކާރު އިންޑިއާގެ ވެރިކަމަށް އައުމަށްފަހު، މިސިޔާސަތަށް ވަނީ ހީވެސްނުކުރާ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ބީޖޭޕީގެ ވެރިކަމުގައި އިންޑިއާއާއި އިޒްރޭލާ ދެމެދު އޮތް ގުޅުން ވަނީ ކުރިން ނެތް ވަރަކަށް ބަދަހިވެފައެވެ. ދިފާއީ، ޓެކްނޮލޮޖީ އަދި ދަނޑުވެރިކަމުގެ ދާއިރާއިން އީޖާދީ ގުޅުންތަކެއް އުފެދިފައިވާއިރު، ސިޔާސީ ގޮތުންވެސް އިޒްރޭލަށް އިންޑިއާއިން ދޭ ތާއީދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މުސްލިމް ގައުމުތަކާ އޮންނަ ގުޅުމަށް ވެސް މި ބަދަލުތައް އަސަރުކުރާނެ ކަމަށް ލަފާކުރެވެއެވެ.

ބަދަލުގެ ފަހަތުގައިވާ ސަބަބުތައް

ސިޔާސީ މާހިރުން ދެކޭ ގޮތުގައި، މިބަދަލުގެ ފަހަތުގައި އެތައް ސަބަބުތަކެއް ހިމެނެއެވެ. ބައެއް ތަޖުރިބާކާރުންނާއި މީޑިއާ ރިޕޯޓުތަކުން ފާހަގަކުރާ ގޮތުގައި، ބީޖޭޕީ ސަރުކާރުގެ ސިޔާސަތުތައް މުސްލިމުންނާ ދެކޮޅަށް ހުރިކަމަށް ތުހުމަތުކުރެވެއެވެ. އަދި އިންޑިއާގެ ބީޖޭޕީ ފިކުރުގެ ގިނަ ހިންދޫންނަކީ މުސްލިމުންނަށް ނަފުރަތުކުރާ ބަޔެއް ކަމަށް ބުނެވެއެވެ. މިފަދަ ފަރާތްތަކުގެ ތާއީދު ބޮޑަށް އޮތީ މުސްލިމުންނަށް ދަތިހާލު ޖައްސާ އިޒްރޭލާއެކުގައެވެ. މިއީ ހަމައެކަނި ޚާރިޖީ ސިޔާސަތުގެ ބަދަލެއް ނޫންކަމަށްވެސް ބައެއް މީޑިއާ ރިޕޯޓުތަކުން ހާމަކުރެއެވެ. އޭގެ ބަދަލުގައި، އިންޑިއާގެ ދާޚިލީ ސިޔާސަތާއި، ވަކި ޖަމާއަތްތަކުގެ ޝުޢޫރުތަކުގެ ނަތީޖާއެއްގެ ގޮތުން ގެނެވުނު ބަދަލެކެވެ. އިޒްރޭލާއެކު ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ދާޚިލީ ސިޔާސީ މަޤްސަދުތަކަށް ވެސް އެހީތެރިވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.

ބަދަލުގެ ނަތީޖާ

މިފަދަ ސިޔާސަތަކާ ގުޅިގެން އިންޑިއާގެ ބައިނަލްއަގްވާމީ މަޤާމަށް ބަދަލުތަކެއް އަންނާނެކަމަށް ލަފާކުރެވެއެވެ. ޚާއްސަކޮށް މުސްލިމް ގައުމުތަކާއި އޮންނަ ގުޅުމަށް މީގެ ނޭދެވޭ އަސަރުތަކެއް ކުރެފާނެއެވެ. އިންޑިއާގެ ސިޔާސީ މަޝްރަހުގައި މިބަދަލުތަކަކީ ގިނަ ބަހުސްތަކެއް އުފައްދާނެ ކަމެކެވެ. ހަމައެހެންމެ، މުޅި ދެކުނު އޭޝިޔާ ސަރަހައްދުގައި އޮންނަ ސިޔާސީ ހަމަޖެހުމަށްވެސް މީގެ އަސަރު ކުރާނެ ކަމަށް ބެލެވެއެވެ. މި ސިޔާސަތުގެ ސަބަބުން އިންޑިއާގެ ޚާރިޖީ ސިޔާސަތު އިތުރަށް އިޒްރޭލާ ގުޅިލާމެވި، ފަލަސްތީނު ދުނިޔޭގައި އެކަހެރިކުރަން ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބޭނެ ކަމަށްވެސް ބެލެވެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު