އެމެރިކާގެ ވައިގެ މަރުކަޒަކަށް އީރާނުން ހަމަލާދީފި
ދުނިޔެ

އެމެރިކާގެ ވައިގެ މަރުކަޒަކަށް އީރާނުން ހަމަލާދީފި

ނނާޒިމް
May 28, 2026

އީރާނުގެ ބަންދަރު އައްބާސް ސިޓީގެ އެއާޕޯޓަށް އެމެރިކާ ސިފައިން ދިން ހަމަލާއާ ގުޅިގެން އެމެރިކާގެ ވައިގެ މަރުކަޒަކަށް ހަމަލާ ދީފައިވާ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފިއެވެ.

އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާގެ "ހަމަލާ" ގެ އަސްލު ކަމަށް ބެލެވޭ އެއާބޭސްއަކަށް ހަމަލާ ދީފައި ވަނީ އެ ސަރަހައްދު ގަޑިން ފަތިހު 04:50 ހާއިރު ކަމަށެވެ.

ހަމަލާދީފައި ވަނީ ކުވެއިތުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާތައް ދީފައި ވަނީ ބަންދަރު އައްބާސްގެ ބޭރުގައި އޮންނަ ސަރަހައްދަކަށް އެމެރިކާ ސިފައިން ހަމަލާ ދިން ރިޕޯޓްތަކެއް އައި ފަހުންނެވެ.

އައިއާރްޖީސީން ބުނީ އީރާނަށް ދޭ ކޮންމެ ހަމަލާއަކީ ޖަވާބު ނުދެވޭނެ ހަމަލާއަކަށް ނުވާނެ ކަމަށާއި، އިތުރު ހަމަލާތަކެއް ދީފިނަމަ "ވަރަށް ވަރުގަދަ" ޖަވާބެއް ލިބޭނެ ކަމަށެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު