ޢީދު ދުވަހު ހަމާސް ގެ އައު ލީޑަރު ޝަހީދު ކޮށްލައިފި
ދުނިޔެ

ޢީދު ދުވަހު ހަމާސް ގެ އައު ލީޑަރު ޝަހީދު ކޮށްލައިފި

ނނާޒިމް
May 28, 2026

ގައްސާމްގެ އާ ވެރިޔާ މުހައްމަދު އަލީ އައުދާ މަރުވިކަން ހަމާސްއިން ކަށަވަރުކޮށްދީފި.

ހަމާސްގެ ހަތިޔާރު އެޅި ވިންގު ކަމަށްވާ އަލް ގައްސާމް ބްރިގޭޑްސްގެ އަސްކަރީ އިސް ލީޑަރު މުހައްމަދު އަލީ އައުދާ ޝަހީދު ކޮށްލައިފިއެވެ. އޭނާ ޝަހީދު ކޮށްލީ ޝައިތާނުންގެ ޖަމާޢަތް ކަމަށްވާ އިޒުރޭލުގެ ސިފައިންނެވެ. ހަމަލާ ދިނީ ރޭގެ ވަގުތެއްގައި ޣައްޒާގައެވެ.

އައުދާ އަކީ އިއްޒުއްދީން އަލް ގައްސާމް ބްރިގޭޑްސްގެ ޗީފް އޮފް ސްޓާފްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އަވްދާ އާއި އެކު އަނބިކަނބަލުންނާއި ދަރިންވެސް ވަނީ ޝަހީދު ކޮށްލާފައެވެ.

އެ ހަމަލާގައި އާންމުންގެ އެތައް ބަޔަކު މަރުވެ، ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަވްދާ ހަމާސްގެ އިސްވެރިޔާ ކަމަށް އައީ މި މެއި މަހުގެ 15 ވަނަ ދުވަހު ދިން ހަމަލާއެއްގައި ހަމާސްގެ އިސް ކޮމާންޑަރު އިއްޒުއްދީން އަލް ހައްދާދު ޝަހީދުކޮށްކުމުންނެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު