އީރާނުން އޮޕަރޭޝަން ނިންމާލިކަމަށް ބުނިނަމަވެސް، އިސްރާއީލުން ލުބުނާނަށް ހަމަލާދީފި
ދުނިޔެ

އީރާނުން އޮޕަރޭޝަން ނިންމާލިކަމަށް ބުނިނަމަވެސް، އިސްރާއީލުން ލުބުނާނަށް ހަމަލާދީފި

ނނާޒިމް
June 8, 2026

އީރާނުން އިސްރާއީލަށް ދިން ހަމަލާތަކަށްފަހު، އެ އޮޕަރޭޝަން ނިމުނުކަމަށް އިއުލާނުކޮށް، އިތުރު ހަމަލާއެއް ދީފިނަމަ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ދީފައިވަނިކޮށް، އިސްރާއީލުން އަނެއްކާވެސް ލުބުނާނުގެ ބައެއް ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދޭން ފަށައިފިއެވެ. މިކަމުގެ ސަބަބުން މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވެ، ކަންބޮޑުވުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިއީ އީރާނުން ދިން ރައްދު ހަމަލާއަށްފަހު، ސަރަހައްދުގައި ހަމަޖެހުން ގާއިމުވާނެ ކަމަށް އުންމީދު ކުރެވުނު ވަގުތެއްގައި ދިން ހަމަލާތަކެކެވެ.

އީރާނުގެ އިންޒާރުތަކާ އެކުވެސް، އިސްރާއީލުގެ ދިފާއީ ބާރުން (އައިޑީއެފް) ވަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދީފައެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ މައިގަނޑު މަރުކަޒުތަކާއި، ހަތިޔާރު ރައްކާކުރާ ގުދަންތަކަށް ކަމަށް ބުނެއެވެ. ނަމަވެސް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ އިޒްރޭލްގެ އެ ދައުވާ ދޮގުކޮށް އަދި ހަމަލަ ދެމުންދަނީ ޣައްޒާ އެކޭ އެއްގޮތަށް އާންމު ރައްޔިތުންނަށް ގެއްލުން ބޮޑުވާނެ ގޮތައް ކަމަށެވެ.

އިސްރާއީލުން ބުނަނީ، މި ހަމަލާތައް ދީފައިވަނީ ހިޒްބުﷲ އިން އިސްރާއީލާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށާއި، ހިޒްބުﷲ އަކީ އީރާނުން އެހީތެރިވެ، ބާރުދޭ ޓެރަރިސްޓް ޖަމާއަތެއް ކަމަށެވެ. މީގެކުރިންވެސް ޣައްޒާގައި ހަމަލާތައް ފެށުނީއްސުރެ ހިޒްބުﷲ އިން ވަނީ އިސްރާއީލުގެ އުތުރު ސަރަހައްދުތަކަށް ރޮކެޓް ހަމަލާތައް ދީފައެވެ.

މި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ސުލްހަ އަށް ވަނީ ބޮޑު ނުރައްކަލަކާ ކުރިމަތިވެފައެވެ.

ލުބުނާނަށް ދިން ހަމަލާތަކަށް ހިޒްބުﷲ އިން ރައްދު ދޭނެތޯ ނުވަތަ ނޫންތޯ ބެލުން މުހިންމެވެ. މިކަންކަމުގެ ސަބަބުން މެދުއިރުމަތީގައި ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމަށް ހުރި ގޮންޖެހުންތައް އިތުރުވެގެން ދެއެވެ. ސަރަހައްދީ ހަމަލާތައް ގޯސްވެ، ހަނގުރާމަ ފުޅާވެދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އީރާނުގެ އިންޒާރުތަކަށްފަހު އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގެ ސަބަބުން މި ސަރަހައްދީ ކޯޅުންތައް އިންތިހާއަށް ގޯސްވެފައިވާކަން ހާމަވެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު