
ލުބުނާނަށް ޙަމަލާ ނުދިނުމަށް އެމެރިކާއިން އިޒުރޭލަށް ވަރުގަދަ އިންޒާރެއް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް، ލުބުނާނުގެ އެއްވެސް ތަނަކަށް ޙަމަލާ ނުދިނުމަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. މި އިންޒާރު އައިސްފައިވަނީ މެދުއިރުމަތީގެ ހާލަތު ވަރަށް ނާޒުކުވެފައިވާ، ހުރްމުޒް ކަނޑުއޮޅީގައި ހަމަޖެހުން ނެތިގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ.
ޓްރަމްޕް ގެންދަވަނީ ނަތަންޔާހޫ އާއި މަޝްވަރާކޮށް ހަމަލާތައް ހުއްޓުވޭތޯ މަސައްކަތް ކުރަމުން ކަމަށް ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓުތަކުން ބުނެއެވެ. އެމެރިކާއިން މިކަމަށް މިހާ ބޮޑު ސަމާލުކަމެއް ދީފައިވަނީ ސަރަހައްދުގައި ހަމަޖެހުން އިތުރަށް ގޯސްވެގެން ދިއުމުގެ ބިރު އޮތުމުންނެވެ.ނަތަންޔާހޫއަށް ޓްރަމްޕް މިގޮތަށް އެންގެވީ، މިއަދު އިޒުރޭލުގެ ކެބިނެޓުން ނިންމާފައިވާ ނިންމުމަކާ ގުޅިގެންނެވެ. އެ ނިންމުމަކީ ލުބުނާނުގެ ދެކުނު ސަބާބްސްގައި ދިރިއުޅޭ ހިޒްބުﷲ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ނަމުގައި ބެއިރޫތުގެ ތަންތަނަށް ޔަހޫދީ ސިފައިން ހަމަލާ ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރުމުގެ ނިންމުމެވެ.
މި ހަމަލާތަކުގެ ސަބަބުން ލުބުނާނުގައި ހަމަޖެހުން ނެތި، އާއްމު ރައްޔިތުންނަށް ގެއްލުން ލިބިގެންދާނެ ކަމަށް އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، އިޒުރޭލުގެ މިފަދަ ހަރަކާތްތަކަކީ އެ މަސައްކަތްތަކަށް ހުރަސްއެޅޭނެ ކަމެއް ކަމަށް ވެސް ޓްރަމްޕް ވަނީ ފާހަގަކުރައްވާފައެވެ.ޓްރަމްޕްގެ މި އިންޒާރުގެ ފަހަތުގައިވާ އެންމެ ބޮޑު އެއް ސަބަބަކީ ހުރްމުޒް ކަނޑުއޮޅީގެ ހާލަތެވެ. އިރާނާއި އެމެރިކާގެ މެދުގައި ހަމަޖެހުން ނެތި، ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ގަދަވެފައިވާ މި ދަނޑިވަޅުގައި، އިޒުރޭލުން ލުބުނާނަށް ހަމަލާދިނުމަކީ ކުޅިގަނޑު އިތުރަށް ގޯސްވެ، މުޅި ސަރަހައްދަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ.
ތެލުގެ މާކެޓަށް ބޮޑެތި އަސަރުތަކެއް ކޮށް، ދުނިޔޭގެ އިގްތިސާދަށް ހީނަރުކަން ލިބިގެންދިއުމުގެ ބިރު މިހާރުވެސް އޮތްއިރު، އިތުރު ހަނގުރާމައަކަށް މަގުފަހިވުމަކީ ދުނިޔެ ބޭނުންވާނެ ކަމެއް ނޫނެވެ. އެމެރިކާއިން ދެކޭގޮތުގައި، މި ދަނޑިވަޅުގައި އިޒުރޭލުން އެޅާނެ ކޮންމެ ހަމަލާއަކީ ވެސް އީރާނުގެ ބާރު ސަރަހައްދުގައި ގަދަވެ، ހަމަނުޖެހުން އިތުރުވުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ނަތަންޔާހޫއަށް ގުޅުއްވައި މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ވެއެވެ. ޓްރަމްޕް ވަނީ މި ހަމަލާތައް ހުއްޓުވުމަށް ނަތަންޔާހޫއަށް ގަދަޔަށް އިލްތިމާސްކުރައްވާފައެވެ. އެމެރިކާއިން ބޭނުންވަނީ މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކޮށް، ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށެވެ. އެހެންކަމުން، ސަރަހައްދީ ބާރުތަކުގެ މެދުގައި ހަނގުރާމަތައް އުފެދި، އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިގެންދިއުމަކީ އެމެރިކާ ބޭނުންވާނެ ކަމެއް ނޫނެވެ.
ނޯޓް:
ހަގީގަތަކީ އެމެރިކާ ލުބުނާން އަދި އީރާނުގެ ރައްޔިތުންނަށް ހެޔޮއެދެނީކީ ނޫނެވެ. ހަނގުރާމައެއް ކޮށްފިނަމަ އެމެރިކާއަށް ލިބޭނެ ގެއްލުމުގެ ބޮޑުކަން އެމެރިކާއަށް އިނގެއެވެ. އެކަމަށް ޖެހިލުންވަނީ އީރާނުގެ ބާރާއި އަދި އީރާނުން އެމެރިކާ އެދޭހާ ގޮތަކަށް ދީއްލާ ނުލާނެކަން އެނގި ޖެހިލުންވަނީއެވެ.



