ރާއްޖެ
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖު އަތުލައިގަނެފި
ކަސްޓަމްސްއިން ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖާއި ޑިވައިސްތައް އަތުލައިގެންފިއެވެ. ޖޫން 14 އަދި 15 ގައި މާލޭ ކޮމާޝަލް ހާބަރުގައި ހިންގި އޮޕަރޭޝަނެއްގައި ހާހަކަށްވުރެ ގިނަ ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް ފޮރުވާފައި ހުއްޓައި ފެނިފައިވަނީ ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގެ ތެރެއިންނެވެ. އަތުލައިގަނެވުނު ތަކެތީގެ އަގު 400,000 ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ބެލެވޭއިރު، މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހާއެކު، 15 ނޮވެމްބަރު 2024 އިން ފެށިގެން ވޭޕް އެތެރެކުރުމަކީ މަނާކަމެކެވެ.
More Recent Articles
ވީޑިއޯ ނިއުސް
ރާޅު މީޑިއާގެ އެންމެ ފަހުގެ ވީޑިއޯ ޚަބަރުތައް
ފ. ފީއަލީގައި މިއަދު ހިންގި ނުރައްކާތެރި އަލިފާނުގެ ހާދިސާ! ބޮޑު ގޮވުމެއް ގޮވާ މަންޒަރު
3 ވިއުސް
ލ. މާމެންދޫ ކައިރިން ބަންޑުން ޖަހާލި "އުދަރެސް" ބޯޓުން ކަނޑަށް ގެއްލުނު އުމުރުން 81 އަހަރުގެ އިސްމާއިލް އަފީފް، ކަނޑުމަތީގައި ޕެލެޓެއްގެ އެހީގައި ގާތްގަނޑަކަށް 12 ގަޑިއިރު ހޭދަކުރަނިކޮށް ބަޔަކަށް ފެނިގެން ސަލާމަތްކޮށްފި
1 ވިއުސް
ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެ، އަލިފާންގަނޑު ފެތުރި ކައިރީގައި އޮތް އިތުރު ތިން ދޯންޏެއްގައި ރޯވެ ވަނީ އަނދާފައި. މި ހާދިސާގައި ބިދޭސީއަކަށް ވަރަށް ބޮޑަށް ފިހިގެން ދަނީ ފަރުވާދެމުން.
0 ވިއުސް
ފުވައްމުލަކު ކަރަންޓު ފޮއްޓެއްގައި ރޯވެ އަނދާ މަންޒަރު.
1 ވިއުސް













































